ދެ ބޮނޑި ރޭޒަރުތިލަ ވަގަށްނެގި މީހަކު އެއް އަހަރަށް ޖަލަށް

ފިހާރަޔަކުން ދެ ބޮނޑި ރޭޒަރުތިލަ ވަގަށް ނެގި ޒުވާނަކު 01 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ. ވައްކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ޖަލަށް ލުމަށް ޙުކުމް ކޮށްފައި...

19 May 2015 | 06:32

ފިހާރަޔަކުން ދެ ބޮނޑި ރޭޒަރުތިލަ ވަގަށް ނެގި ޒުވާނަކު 01 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ވައްކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ޖަލަށް ލުމަށް ޙުކުމް ކޮށްފައި ވަނީ މ.ނޮރަންމަ، ޙުސައިން މިޔާދު (35އ) ގެ މައްޗަށެވެ.

ޙުސައިން މިޔާދުގެ މައްޗަށް ޙުކުމް ކޮށްފައި ވަނީ 2012 ނޮވެމްބަރ 23 ވަނަ ދުވަހުގެ 18:30 ހާއިރު، “ހޯމް ޕްލާޒާ” ފިހާރައިން 710 ރުފިޔާގެ އަގުހުރި ޖިލެޓް ބްރޭންޑްގެ ދެ ބޮންޑި ރޭޒަރުތިލަ ވަގަށް ނެގިކަމަށް ޝަރީއަތުގެ މަޖިލީހުގައި ޙުސައިން މިޔާދު އިޢުތިރާފުން ސާބިތުވެފައިވާތީއެވެ.

ވައްކަމުގެ މި ކުށަކީ ޙުސައިން މިއާދުގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވާތީ، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް އުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 06 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި ޙުސައިން މިޔާދު ވައްކަން ކޮށްފައި ވަނީ ފިހާރަކަކުން ކަމަށް ވާތީ ޤާނޫނުލް ޢުޤޫބާތުގެ 138 ވަނަ މާއްދާގެ ދަށުން 06 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް، އެކު ޖުމްލަ 01 އަހަރު ދުވަހުގެ މުއްދަތަށް ޙުސައިން މިޔާދު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ޙުސައިން މިޔާދުގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައި ވަނީ މި މެއި މަހުގެ 17 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް