ވެލިދޫ ޕޮލިސް ސްޓޭޝަނުން ވައްކަން ކުރި މީހަކު ތިން އަހަރާ އަށް މަހަށް ޖަލަށް

ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން ވައްކަން ކުރި މީހަކު ތިން އަހަރާއި އަށް މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ޚުކުމް ކޮށްފިއެވެ. ވެލިދޫ މެޖިސްޓްރޭޓް ކޯ...

19 May 2015 | 03:45

ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން ވައްކަން ކުރި މީހަކު ތިން އަހަރާއި އަށް މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ޚުކުމް ކޮށްފިއެވެ.

ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ޖަލަށް ލުމަށް ޙުކުމް ކޮށްފައި ވަނީ ނ.ވެލިދޫ، ސައުތުސްޓަރ، ޖިހާދު މުޙައްމަދު (30އ) ގެ މައްޗަށެވެ.

ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން ވައްކަން ކޮށްފައި ވަނީ 2012 ފެބްރުއަރީ 08 ވަނަ ދުވަހު ވެލިދޫއިން ފުލުހުން ބޭލުމާއި ގުޅިގެން ޕޮލިސް ސްޓޭޝަން ބަންދުކޮށްފައިވަނިކޮށެވެ.

ޖިހާދު މުޙައްމަދުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ ބެލުމަށްފަހު ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމްގައި ވަނީ 2012 ފެބްރުއަރީ 18 ވަނަ ދުވަހު 01:30 ހާއިރު ވެލިދޫ ޕޮލިސް ސްޓޭޝަންގެ ދެކުނު ފަރާތުގެ ކުޑަދޮރެއްެގެ ފެންލައިޓް ހަލާކު ކޮށްލައި އެތެރެއަށް ވަދެ އެ ސްޓޭޝަންގެ އޮފީހުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަގަށް ނަގާފައިވާތީ މި ވައްކަމުގައި ބައިވެރިވެ ވައްކަން ކުރިކަމަށް ބުނެ ދަޢުލަތުން އުފުލާފައިވާ ދަޢުވާއަށް 2015 މެއި 13 ވަނަ ދުވަހު ޝަރީއަތުގެ މަޖީލީހުގައި އިއުތިރާފްވެފައިވާކަމަށެވެ. އަދި  “އަލްއިޢުތިރާފް ސައްޔިދުލް އަދިއްލަ” ގެ މަބްދައަށް ރިޢާޔަތްކޮށް ޖިހާދު މުޙައްމަދުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް ސާބިތުވާކަމަށެވެ.

އެހެންކަމުން މުޙައްމަދު ޖިހާދު ވައްކަންކުރުމުގެ ކުށުން ކުށްވެރިވާކަމަށް ކަނޑައަޅައި މިއީ މިބާވަތުގެ ކުށެއް ޖިހާދު މުޙައްމަދުގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 06 މަސްދުވަހުގެ މުއްދަތަށް އަދި 132 ވަނަ މާއްދާގެ 32 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި 136 ވަނަ މާއްދާގެ 06 މަސްދުވަހުގެ މުއްދަތަށް އެކު ޖުމްލަ 03 އަހަރާއި 08 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކުރާކަމަށް .ވެލިދޫ މެޖިސްޓްރޭޓް ކޮށްފައިވާ ޙުކުމްގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް