މަޖީދިއްޔާ ސްކޫލުގެ އަހަރީ ދުވަހުގެ މުނާސަބާގައި ރައީސް ތަޙުނިޔާ ފޮނުއްވައިފި

މަޖީދިއްޔާ ސްކޫލަށް 98 އަހަރު ފުރުނު މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޙުނިޔާ ފޮނުއްވައިފިއެވެ. ރައީސް ތަޙުނިޔާ ފޮނުއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގ...

19 Apr 2025 | 06:23

މަޖީދިއްޔާ ސްކޫލަށް 98 އަހަރު ފުރުނު މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޙުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ތަޙުނިޔާ ފޮނުއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ މަޖީދިއްޖާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.

މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ މި ޤައުމުގެ އެންމެ ޝަރަފުވެރި "ޢިލްމީ ބަގީޗާ" މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއް ނެތް ޒިކުރާތަކާއެކުގައި ކަމަށެވެ.

"މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ

މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ

ފުރާށޭ ދަރީން ހިތް ޢުލޫމުން މިތާ

ކުރާށޭ ފިދާ ޖާނު ވަޠަނަށްޓަކައި

މި މަތިވެރި ޢިލްމީ ޢިމާރާތްތަކަސް

އެދޭނީ ޙަޔާތޭ އުޖާލާ ކަމަށް" މަޖީދިއްޔާ ސްކޫލުގެ ލަވަ ރައީސްގެ ޕޯސްޓްގައި ހިމަނުއްވާފައިވެއެވެ.

އެ ޕޯސްޓްގައި ރައީސް އިތުރަށް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ތަޢުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ މި ތާރީޚީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށް، ބެލެނިވެރިންނަށް، މުދައްރިސުންނަށް، ހިންގުންތެރީންނަށް، ޚިދުމަތްތެރީންނަށް އަރިސްކުރަނީ ހިތުގެ ފުންމިނުގެ ލޯތްބާއި، ހެޔޮ އެދުންތަކާއެކު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް