2021 ވަނަ އަހަރުން ފެށިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާއްވަމުން އަންނަ ފަނޯއްލަ މަހާސިންތާގެ ހަވަނަ މަހާސިންތާ މި ފެށޭ ހަފްތާގެ ބުދަ ދުވަހު ބާއްވަން ނިންމައިފިއެވެ. މިފަހަރުގެ މަހާސިންތާ ބޭއްވުމަށް ނިންމާފައިވަނީ ހދ.ހަނިމާދޫގައެވެ.
ފަނޯއްލަ ދަރުބާރަކީ އެލްޖީއޭ އާއި އިންޓަނޭޝަނަލް ރިޕަބްލިކް އިންސްޓިޓިއުޓް (އައިއާރްއައި) ގުޅިގެން ސިޓީ އަދި އަތޮޅު ކައުންސިލްތަކަށް އަމާޒުކޮށްގެން ލާމަރުކަޒީ ސިޔާސަތު ވިލަރެސް ކުރުމަށް ބާއްވާ މަހާސިންތާއެކެވެ.
އަމާޒުކޮށްގެން ލާމަރުކަޒީ ސިޔާސަތު ވިލަރެސް ކުރުމަށް ބާއްވާ މަހާސިންތާއެކެވެ.
އެލްޖީއޭއިން މިއަދު ބުނެފައިވާގޮތުގައި މި މަހާސިންތާގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މި މަހުގެ 24 ވާ ބުދަ ދުވަހުގެ ހެނދުނު 08:45 އިން މެންދުރު ފަހު 3:45 އަށް އަދި ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ.
މި މަހާސިންތާގައި އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ރައީސް އަދި މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އަދި ޔޫއެންޑީޕީގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓިވް ޕެކް ޗުއާން ގަން ބައިވެރިވެލައްވާނެކަމުގައިވެސް އެލްޖީއޭއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް