ވަގުތުން ލިބެން އޮތް 13 މިލިޔަން ރުފިޔާއަށްވުރެ މި ތަރި ބޭނުންވަނީ ރާއްޖެގައި ޗުއްޓީ ހޭދަކޮށްލަން

ފޮޓޯއިން ތިޔަ ފެންނަނީ ނައިޖީރިޔާގެ ފިލްމީ ތަރި އަދި މޮޑެލް، އިޖިއޯމާ ޖޯސަފީނާ އަތަބޯރު އެވެ. ޓީވީ ނަމުންނަމަ "ފައިނާ" އެވެ. ފައިނާއަށް ނައިޖީރިޔާގެ ޓީވީ ރިއާލިޓީ ޝޯއެއް ކަމުގައިވާ "ބިގް ބްރަދާ ނައިޖާ...

19 Apr 2024 | 17:18

ފޮޓޯއިން ތިޔަ ފެންނަނީ ނައިޖީރިޔާގެ ފިލްމީ ތަރި އަދި މޮޑެލް، އިޖިއޯމާ ޖޯސަފީނާ އަތަބޯރު އެވެ. ޓީވީ ނަމުންނަމަ "ފައިނާ" އެވެ.

ފައިނާއަށް ނައިޖީރިޔާގެ ޓީވީ ރިއާލިޓީ ޝޯއެއް ކަމުގައިވާ "ބިގް ބްރަދާ ނައިޖާ" އިން 2022 ވަނަ އަހަރު އެއްވަނަ މަގާމު ލިބުނެވެ.

އެ ޓީވީ ޝޯ އުފައްދާ ކުންފުނިން އެ ޝޯގެ އެއްވަނައަށްދާ ފަރާތަކަށް ދޭން ނިންމާފައި އޮތީ އެއް ބިޓް ކޮއިން އާއި ރާއްޖޭގެ ރިސޯޓަކަށް ދަތުރެކެވެ. އެހެންނަމަވެސް އަދިވެސް ފައިނާއަށް އެ އިނާމު ލިބިފައެއް ނުވެއެވެ.

އެ އިނާމު ހޯދުމަށް ފައިނާ ތަކުރާރުކޮށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ 2022 ވަނަ އަހަރު އޭރު ބިޓްކޮއިންގެ އަގު ހުރި އަދަދު ކަމަށްވާ 13 މިލިޔަން ނައިރާ ފައިނާއަށް ވަގުތުން ދިނުމަށް ފައިނާއަށް އެ ކުންފުނިން ހުށަހެޅުމެވެ. އެހެންނަމަވެސް ފައިނާ ބުނަނީ އޭނާ ބޭނުންވަނީ ހަމަ ސީދާ އެއް ބިޓް ކޮއިނާއި ރާއްޖެ ދަތުރު ކަމަށެވެ. އެނޫން އެއްވެސް ގޮތަކަށް އެއްބަސްވެވެން ނެތް ކަމަށެވެ.

ބިޓްކޮއިނެއްގެ އަގު ނައިޖީރިޔާ ފައިސާ، ނައިރާއިން ބަލާނަމަ މިވަގުތު އުޅެނީ 90 މިލިޔަން ނައިރާއަށްވުރެ މަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް