ޣައްޒާއިން ޝަހީދުވި އަދަދު 34 ހާހަށް

އިޒްރާއީލުގެ ޔަހޫދީން ހުއްޓުމެއްނެތި ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި އަދަދު މިއަދު 34 ހާހަށް އަރައިފިއެވެ. އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލައިލާއިރު ހަމަލާތަކުގައި ޣައްޒާއ...

19 Apr 2024 | 16:54

އިޒްރާއީލުގެ ޔަހޫދީން ހުއްޓުމެއްނެތި ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި އަދަދު މިއަދު 34 ހާހަށް އަރައިފިއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލައިލާއިރު ހަމަލާތަކުގައި ޣައްޒާއިން އެކަނި ޝަހީދުވި އަދަދު މިއަދު މިވަނީ 34،012 އަށް އަރާފައެވެ. ޒަޚަމްވި މީހުންގެ އަދަދު ވަނީ 76،833 އަށް އަރާފައެވެ.

މީގެ އިތުރުން އިޒްރާއީލުން ވަޒަންވެރިވެފައިވާ "އޮކިއުޕައިޑް ވެސްޓް ބޭންކް" ވެރިވެގެންފައިވާ ހުޅަނގު އައްސޭރިން ޝަހީދުވި މީހުންގެ އަދަދު ވަނީ 468 އަށް އަރާފައެވެ. އަދި އެ ސަރައްދުތަކުން ޒަޚަމްވެފައިވާ މީހުންގެ އަދަދު ވަނީ 4،800 އަށް އަރާފައެވެ.

މިއަދުގެ އެކަނި އަދަދުތަކަށް ބަލައިލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 42 މީހަކު ޝަހީދުކޮށްލާފައިވާކަމަށާއި 24 ގަޑިއިރުތެތޭގައި އެކަނިވެސް 63 މީހަކު ޒަޚަމްވެފައިވާކަމަށް ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް