ޢީދު ބަންދުގައި މޫސުން ރަނގަޅު: މެޓު

ފިތުރު ޢީދު ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ. މި އަހަރުގެ ފިތުރު ޢީދު ދިމާވަނީ އަންނަ ހުކ...

19 Apr 2023 | 08:09

ފިތުރު ޢީދު ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

މި އަހަރުގެ ފިތުރު ޢީދު ދިމާވަނީ އަންނަ ހުކުރު ދުވަހާ އެވެ. ޢީދާ ދިމާކޮށް ގިނަ ދިވެހިން އާދަކާދައިގެ މަތިން އެކި ސަރަހައްދުތަކަށް ޗުއްޓީ ހޭދަކުރުމަށް ފުރައިގެން ދެއެވެ.

އެގޮތުން މިކަމަށް އިޝާރާތްކޮށް މެޓުން މިއަދު ބުނީ އަންނަ ހޮނިހިރު ދުވަހު މެދު ރާއްޖެތެރެއަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ.

އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް ޢީދު ބަންދުގައި ރާއްޖޭގެ އުތުރަށް މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް މެޓުން ބުނެފައި ވެއެވެ.

މީގެ އިތުރުން މެޓުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް މަޑުވާނެ ކަމަށައި އާންމު ގޮތެއްގައި  ވައި ވެސް މަޑު ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް