ދިރާގު ކަސްޓަމަރުންނަށް އުފާވެރި ހަބަރެއް: ނަސީބުވެރި ފަރާތަކަށް ދެބޭފުޅެއްގެ އުމްރާ ދަތުރު

މިއަހަރުގެ ދިރާގު ރަމަޟާން މަހުގެ 'ބޮޑު ހަދިޔާ' ކެމްޕެއިންގެ ބޯނަސް ހަދިޔާއެއްގެ ގޮތުގައި ދިރާގުގެ ނަސީބުވެރި އެއް ކަސްޓަމަރަކަށް ދެމީހުންގެ ހިލޭ އުމްރާ ދަތުރެއް ލިބިގެންދާނެކަމުގައި ދިރާގުން ބުނެފިއެ...

19 Apr 2023 | 07:43

މިއަހަރުގެ ދިރާގު ރަމަޟާން މަހުގެ 'ބޮޑު ހަދިޔާ' ކެމްޕެއިންގެ ބޯނަސް ހަދިޔާއެއްގެ ގޮތުގައި ދިރާގުގެ ނަސީބުވެރި އެއް ކަސްޓަމަރަކަށް ދެމީހުންގެ ހިލޭ އުމްރާ ދަތުރެއް ލިބިގެންދާނެކަމުގައި ދިރާގުން ބުނެފިއެވެ.

މި ގުރުއަތުގައި ދިރާގުގެ ހުރިހާ އެކްޓިވް ކަސްޓަމަރުންނަށްވެސް އިތުރު އެއްވެސް މަސައްކަތަކާއި ނުލާ ބައިވެރިވޭނެކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަރ ބްރޯޑްބޭންޑް ބޭނުންކުރާ އެކްޓިވް ކަސްޓަމަރުންނަށްވެސް މި އަގުހުރި އިނާމު ލިބުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

މި އުމްރާ ދަތުރާއެކު އެ ކުންފުނީގެ އަމާޒަކީ މި ރަމަޟާން މަހު އަގުހުރި ހަދިޔާއަކާއެކު ކަސްޓަމަރުން އެ ކުންފުންޏަށް ކުރާ އިތުބާރަށް ޝުކުރު ދެންނެވުނެކަމަށް މިއަދު ދިރާގުން ނެރުނު ނޫސް ބަޔާނެއްގައި ދިރާގުގެ އެސިސްޓެންޓް މެނޭޖަރ އެޑްވަޓައިޒިންގ ހަސަން ޝާރިހު އާދަމް ވިދާޅުވިއެވެ. ދިރާގުގެ މިހާރުގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން މި މަހުގެ ތެރޭގައި ދިރާގާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި އިނާމު ގުރުއަތުގައި ބައިވެރިވެވޭނެކަމަށާއި އަދި މި ގުރުއަތުގެ ނަސީބުވެރިޔާ ހޮވާނީ ރަމަޟާން މަސް ނިމުމުންކަމަށް ވެސް ޝާރިހު ވިދާޅުވެފައިވެއެވެ.

ދިރާގުން ކޮންމެ އަހަރަކުވެސް ދަނީ ކަސްޓަމަރުންނަށް ޚާއްސަ އައު އޮފަރތައް ގެނެސްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް