އަވަށްޓެރި ސްރީ ލަންކާ ސިފައިންގެ ޔުނީފޯމުގެ ބައިތައް އެކި އެކި ފަހަރުމަތިން ގަންނަމުންދާ ދިވެއްސެއްގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަ ކޮލޮމްބޯ ކްރައިމް ޑިވިސަން (ސީސީޑީ) އިން ފަށައިފިއެވެ.
ސީސީޑީއާއި ހަވާލާދީ ލަންކާ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މިކަން ފެންމަތިވީ ދިވެއްސަކު މަހަކު ދެކޮޅު ލަންކާއަށް ގޮސް ސިފައިން އަރާފަދަ ބޫޓާއި ބެލްޓާއި ޔުނީފޯމުގެ ބައިތަކާއި ލަންކާ ސިފައިންގެ ލޯގޯ ޖެހި ބައެއް އާލާތްތައް ގަންނަކަމުގެ ރިޕޯޓެއް ލިބުމާއި ހަމައިންނެވެ.
މިކަމަށް މައުލޫމާތުދީފައިވާ ލަންކާގެ ވިޔަފާރިވެރިއަކު ބުނެފައިވަނީ އެ ދިވެހިމީހާ ކޮންމެ މަހެއްގެ ދެކޮޅު ލަންކާއަށްގޮސް އެ ތަކެތި ގަންނަކަން އެނގިފައިވާކަމަށާއި އަދި އެ ތަކެތި ގަންނަނީ ސްކޫލު ހަރަކާތްތަކަކަށް ކަމުގައިވެސް ބުނާ ކަމަށެވެ.
މި މައްސަލަ ލަންކާގެ އެޑިޝަނަލް މެޖިސްޓްރޭޓް ޓީ.އެން.އެލް އިން އިތުރަށް ތަހުގީގު ކުރަން ފަށާފައިވަނީ މި މައްސަލައަކީ ޓެރަރިޒަމާއި ގުޅުންހުރި ނުރައްކާތެރި މައްސަލައަކަށް ވެދާނެކަމުގައި ބަލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް