މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރު އާދަމް ރަމީޒް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އިސްތިއުފާ ދެއްވައިފިއެވެ.
ރަމީޒް އެ ޕާޓީން އިސްތިއުފާ ދެއްވާފައިމިވަނީ ރަމީޒްގެ ސްލޫކީ މައްސަލައެއް އެ ޕާޓީން ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ.
ރަމީޒްގެ އިސްތިއުފާ ސިޓީ ލިބިފައިވާކަން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ދުވަހަށް ކަށަވަރުކޮށްދެއްވިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރަމީޒާއި ގުޅޭގޮތުން ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަންފެށީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކެމްޕޭނުކޮށްދެއްވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
މި މައްސަލައާއި އަދި އިސްތިއުފާއާއި ގުޅޭގޮތުން ރަމީޒްގެ ބަހެއް ދުވަހަށް ވަނީ ލިބޭގޮތް ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް