ވީއައިއޭގެ އާ ޓާމިނަލްގެ ފޮޓޯތައް އާންމުކޮށްފި

ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ އާ ޓާމިނަލްގެ ޑިޒައިންތަކުގެ ފޮޓޯތައް އާންމުކޮށްފި އެވެ. އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ. ވެރިކަން ބަދަލުވުމާއި އެކު އެ މަ...

19 Apr 2022 | 16:06

ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ އާ ޓާމިނަލްގެ ޑިޒައިންތަކުގެ ފޮޓޯތައް އާންމުކޮށްފި އެވެ.

އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ. ވެރިކަން ބަދަލުވުމާއި އެކު އެ މަޝްރޫއަށް މަޑުޖެހުން އައެވެ.

އެމްއޭސީއެލް އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ އާ ޓާމިނަލްގެ ބޭރު ދިވެހި ވަންތަކަށް ސިފަވާގޮތަށް ޑިޒައިންކޮށްފައިވާ ގޮތެވެ. އެގޮތުން ދުރުން ބަލާއިރު ރާޅުބާނިތަކެއްހެން ފެންނަ އިރު  ބޭރުން ފެންނަ ފާރުތައް ޑިޒައިންކޮށްފައި ވަނީ މިސްކިތްތަކުގެ ވަޑާމުގައި ބޭނުންކޮށްފައި ހުންނަ ޑިޒައިންތައް އަސްލަކަށް ބަލައިގެންނެވެ.

އާ ޓާމިނަލަށް އަލި އެތެރެއަށް ވަންނާނެ ގޮތަށް ޓާމިނަލްގެ ވަށައިގެން ހުންނަނީ ބިއްލޫރި ޖަހައިފަ އެވެ.

އާ ޓާމިނަލް ތަރައްގީ ކުރަމުންދަނީ 78،000 އަކަމީޓަރުގެ ސަރަހައްދެއްގައި އެވެ. މިތަނުން7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭނެ އެވެ.

އެމްއޭސީއެލްއިން ކުރިން ބުނީ މިހާރު އަމާޒަކީ އަންނަ އަހަރުގެ ޑިސެމްބަރަށް ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް