އެމްޑީޕީއަށް 50 ޕަސެންޓު ރައްޔިތުންގެ ތާއީދުވެސް ނެތް: ނަޝީދު

ރައްޔިތުންގެ50 ޕަސެންޓުވެސް އެމްޑީޕީއަށް ތާއީދު ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގ...

19 Apr 2022 | 08:43

ރައްޔިތުންގެ50 ޕަސެންޓުވެސް އެމްޑީޕީއަށް ތާއީދު ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އެވެ.

އެމެސެޖުގައި ނަޝީދު ވިދާޅުވީ ސަރުކާރުން ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހަދާފައިވާ ގޯސްތަކުގެ ސަބަބުން50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ހޯދުމަކީ އެމްޑީޕީއަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ސަރުކާރަށް ވަރަށް ގިނަ ގޯސްތައް ހެދުނު އިރު އެކަން އެއްބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރެވެ އެވެ. އެފަދަ އެއް ގޯހުގެ ގޮތުގައި ނަޝިދު ފާހަގަ ކުރެއްވީ ދައުލަތުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ފައިސާ ދައްކަންޖެހޭ ކަމެވެ.

އެމަނިކުފާނު ވިދާޅުވީ މި ހިނގަނީ ވަރަށް ގިނަ ފައިސާ އަނބުރާ ދައްކަން ޖެހޭ އަދި ވަރަށް ރިސްކު ބޮޑު އަހަރެއް ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ސަރުކާރުން ނުބަލާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ވަރަށް ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ ދެ ފެކްޝަނެއް ޕާޓީތެރޭގައި އުފެދިފައިވާއިރު ދެ ބޭފުޅުންގެ މެދުގައި ވަރަށް ބޮޑަށް ވަނީ ހިޔާލު ތަފާތުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް