އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫ.އެން.ޑީ.ޕީއާ ގުޅިގެން ޤާނޫނީ ގޮތުން ޢާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ފަށައިފިއެވެ.
އޭޖީ އޮފީހުން ބުނީ މި ކެމްޕޭނުގެ އަމާޒަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށް ދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ ދައުރު ޢާންމުންނަށް އޮޅުންފިލުވައިދިނުން ކަމަށެވެ.
ޢާންމުންނަށް ފަސޭހައިން ދޭހަވާނެ ގޮތަށް ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯ ކްލިޕްތަކާއި އިންފޯގްރަފިކް ބޭނުންކޮށްގެން ކުރިއަށް ގެންދާ މި ކެމްޕެއިންގެ މަޤްޞަދަކީ ޤާނޫނީ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުވައި، އިންޞާފަށް ވާސިލުވާނެ ގޮތް ރައްޔިތުންނަށް ބުނެދިނުމެވެ.
މި ކެމްޕެއިން ކުރިއަށް ގެންދާނީ އޭޖީ އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންނެވެ. މިގޮތުން، ޓްވިޓަރ، ފޭސްބުކް، ޔޫޓިއުބް އަދި އިންސްޓަގްރާމްގައި މި ކެމްޕޭނު ކުރިއަށް ގެންދާނެއެވެ.
އޭޖީ އޮފީހުން ވަނީ މިފަދަ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގައި ޔޫ.އެން.ޑީ.ޕީގެ ފަރާތުން ދެމުން ގެންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާ ކޮށްފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް