އިސްރާއީލް ސިފައިން ފަލަސްތީނުގެ ގާޒާއަށް މިސައިލް ހަމަލާތަކެއް ދީފި އެވެ.
ރޭ ދަންވަރު ދިން މި ހަމަލާތަކަކީ ބަދަލު ހިފުމެއް ކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެ ބަޔާނުގައި ބުނީ ހަމަލާ އަމާޒު ކުރީ ގާޒާގައި ހުންނަ ހަމާސް ޖަމާއަތުގެ ހަތިޔާރު އުފައްދާ ފެކްޓްރީއަކަށް ކަމަށެވެ.
މި ހަމަލާގައި މިހާތަނަށް މީހަކަށް އަނިޔާއެއް ވެފައިވާ ކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށް ފަލަސްތީން ހެލްތް މިނިސްޓްރީން ބުނެފައިވެ އެވެ.
އިސްރާއީލުން މި ހަމަލާ ދީފައިވަނީ ހަމާސް ޖަމާއަތުން އެ ގައުމުގެ ދެކުނުގެ ސަރަހައްދަކަށް ރޮކެޓު ހަމަލާއެއް ފޮނުވާލިތާ ގަޑިއިރެއްހާއިރު ތެރޭގަ އެވެ.
މި ރޯދަ މަސް ފެށުނު ފަހުން އިސްރާއީލް ސިފައިންގެ އުނދަގޫ ގާޒާގެ މުސްލިމުންނަށް ވަނީ އިތުރަށް ފޯރަން ފަށާފައި އެވެ. މަސްޖިދުލް އަގްސޯއަށް ނަމާދަށް އަރާ ތިބޭ މީހުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުން ދިނުމުގެ ހާދިސާތައް މިހާރު އިސްރާއީލް ސިފައިން ހިންގާތާ ހަފްތާއެއްހާ ދުވަސް ވެއްޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް