ޑްރަގް ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ ގާޒީ ނައީމްގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރަން ނިންމީ ފަނޑިޔާރުންގެ ސޯޝަލް މީޑިއާ ގްރޫޕެއްގައި ފޮނުވާފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ޚިލާފުވާފަދަ ބަސްތަކެއް ބޭނުންކޮށްފައިވާތީ ކަމަށެވެ.
މި މައްސަލަ ކޮމިޝަނުން އިސްނަގައިގެން ބަލާ ޝަކުވާއެއްގެ ގޮތުގައި ތަހުޤީޤުކުރުމަށް 2022 އޭޕްރީލް 17 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 27 ވަނަ ޖަލްސާގައި ނިންމާ، މިމައްސަލަ ތަހުޤީޤު ކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް