ހިއުމަން ރައިޓްސް ވޮޗުން ނެރުނު ރިޕޯޓާގުޅޭ މައްސަލަ ފާހެއްނުވި

އެއްވެއުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށާއި ޖުޑީޝަރީ އިސްލާހު ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ، ހިއުމަން ރައިޓްސް ވޮޗުން ނެރެފައިވާ ރާއްޖޭގެ ހާލަތާ ގުޅޭ ރިޕޯޓ...

19 Apr 2022 | 07:03

އެއްވެއުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށާއި ޖުޑީޝަރީ އިސްލާހު ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ، ހިއުމަން ރައިޓްސް ވޮޗުން ނެރެފައިވާ ރާއްޖޭގެ ހާލަތާ ގުޅޭ ރިޕޯޓްގައިވާ ކަންކަން އިސްލާހުކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ ފާސްނުވެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅައިފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސެއިން މުޙައްމަދު ލަތީފެވެ.

މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޙުސެއިން ވިދާޅުވީ މި ރިޕޯޓުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގައްޔާއި ރިޔާސީ ކޮމިޝަންތަކުގެ ވައުދުތައް ނުފުއްދިވާކަން ފާހަގަކޮށްފައިވާ ކަމަށާއި ޖޭއެސްސީގެ ސިޔާސީ މީހުން ތިބޭ ތިބުން އިސްލާހު ކޮށްފައިނުވާތީ ޖުޑީޝަރީ ވެސް މިނިވަން ވެފައި ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މުޒާހަރާތައް ހުއްޓުވުމަށް ކޮވިޑްގެ ބަހަނާ ދައްކައި، ބައިވެރިންނަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަން ވެސް މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

މެންބަރު ޙުސެއިން ހުށަހެޅުއްވި މި މައްސަލަ ފާސްނުވެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައިވަނީ 32 މެންބަރުންގެ ވޯޓުންނެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ އަށް މެންބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް