ފުލުހުންގެ ބޭނުމަށް 25 ސައިކަލު ހޯދަނީ

ފުލުހުންގެ ބޭނުމަށް 125 ސީސީގެ 25 މޮޓޯ ސައިކަލް ސަޕްލައިކުރާނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ. ފުލުހުން ބުނީ މިކަމަށް ޝައުގުވެރިވާ މީހުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ބީލަމ...

19 Apr 2022 | 06:51

ފުލުހުންގެ ބޭނުމަށް 125 ސީސީގެ 25 މޮޓޯ ސައިކަލް ސަޕްލައިކުރާނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ މިކަމަށް ޝައުގުވެރިވާ މީހުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ބީލަމުގެ ރަޖިސްޓްރީ ން ޖެހޭނެ ކަމަށެވެ.

މި މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 13:15 ގަ އެވެ. ބީލަން ހުޅުވުން އޮންނާނީ އިސްކަންދަރު ކޮށި 1 ގަ އެވެ.

ސައިކަލު ހޯދަން ފުލުހުން އިއުލާނުކުރި ނަމަވެސް މިއީ ކޮންބޭނުމަކަށް ހޯދާ ސައިކަލުތަކެއްކަމެއް ފުލުހުންނެއް ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް