ރޮނާލްޑޯއަށް ލިބުނު އެއްމާބަނޑު ދެބެންގެ ތެރެއިން ފިރިހެން ކުއްޖާ މަރުވެއްޖެ

މަޝްހޫރު ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު އެއްމާބނަޑު ދެ ބައިންގެ ތެރެއިން ފިރިހެން ކުއްޖާ މަރުވެއްޖެ އެވެ. އޭނާ އާއި ލޯބިވެރިޔާ ޖޯޖީނާ ގިއޯއަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭކަން އިން...

19 Apr 2022 | 05:09

މަޝްހޫރު ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު އެއްމާބނަޑު ދެ ބައިންގެ ތެރެއިން ފިރިހެން ކުއްޖާ މަރުވެއްޖެ އެވެ.

އޭނާ އާއި ލޯބިވެރިޔާ ޖޯޖީނާ ގިއޯއަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާނު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ28 ވަނަ ދުވަހު އެވެ. ރޮނާލްޑޯ ބުނެފައިވަނީ އެ ދެމީހުން ތިބީ ދެ ކުދިންނާއި ބައްދަލު ކުރަން ކެތްމަދުވެފައި ކަމަށާއި ދެމީހުންގެ ހިތް ލޯބިން ފުރިފައިވާ ކަމަށެވެ.

އޭގެ ފަހުން އިއްޔެ ލޯބިވެރިޔާ ވިހޭކަން އިއުލާނުކޮށް ރޮނާލްޑޯ ބުނެފައިވަނީ ވިހެއުމުގެ ތެރޭގައި ފިރިހެން ދަރިފުޅު މަރުވެފައިވާކަން ހިތާމަ އާއި އެކު ފާހަގަ ކުރާ ކަމަށެވެ. އެކަމަކު އަންހެން ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ.

އާއިލާއަށް ހިތާވެރިކަން ކުރިމަތިވެފައިވާކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ މިވަގުތު ލިބޭ ހިތްހަމަ ޖެހުމަކީ ވިހޭ އަންހެން ދަރިފުޅުގެ ހާލު ރަނގަޅުކަމުން ކަމަށެވެ. މިވަގުތު އާލިއާއަށް ޕްރައިވަސީ ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

https://www.instagram.com/p/CcgHsWLLaf5/

ރޮނާލްޑޯ އާއި ޖޯޖީނާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ރޮނާލްޑޯއަށް 2010 ވަނަ އަހަރު ފުރަތަމަ ދަރިފުޅު ވަނީ ލިބިފަ އެވެ. އެ ދަރިފުޅުގެ މަންމަ އަކީ ކާކުކަން ހާމަ ނުކުރާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެ އެވެ.

ރޮނާލްޑޯ ވަނީ 2017 ވަނަ އަހަރު ސަރޮގޭޓްކޮށްގެން އެއްމާބަނޑު ދެކުދިން ހޯދާފަ އެވެ. ރޮނާލްޑޯ އާއި ޖޯޖީނާއަށް ފުރަތަމަ ދަރިފުޅު ލިބުނީވެސް އެ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް