މީގެ ކުރިން ހޯދަން އިއުލާނު ކޮށްފައިވާ އަހްމަދު ސޮފްވާންގެ ޕާސްޕޯޓް ކެންސަލް ކޮށް އޭނާ ހޯދުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް އެދިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިއަދު ކޮށްފައިވާ ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި ފުލުހުން ބުނެފައިވަނީ އަހުމަދު ސޮފްވާން (A124661) ތަހުގީގަށް އެއްބާރުލުން ދީފައިނުވާ މައްސަލައާއި ގުޅިގެން އޭނާގެ ޕާސްޕޯޓް މޯލްޑިވްސް އިމިގްރޭޝަން މެދުވެރިކޮށް ކެންސަލް ކޮށް އިންޓަޕޯލްގެ އެހީތެރިކަމާއެކު ހޯދަން މޯލްޑިވްސް ޕޮލިސް ސާވިސް އިން އެދިފައި ވާކަމަށެވެ.
ސޮފްވާން ހޯދަން ފުލުހުން މީގެ ކުރިން އޭނާގެ ފޮޓޯ އާންމު ކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގަ އެވެ. އެދުވަހު ފުލުހުން ބުނެފައިވަނީ އޭނާ ހޯދަމުން ދަނީ ފުލުހުންގެ އިކޮނޮމިލް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް