ރައީސް މައުމޫންގެ ދަނބިދަރިކަލުން ނަދީމް ހޯދަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ނެރުނު އަމުރަކާ ގުޅިގެން ފުލުހުން އޭނާ ހޯދަން ފަށ...

19 Apr 2017 | 09:54

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ނެރުނު އަމުރަކާ ގުޅިގެން ފުލުހުން އޭނާ ހޯދަން ފަށައިފިއެވެ.

ނަދީމް ބަންދު ކުރުމަށް އޭނާ ހޯދަން ފުލުހުންވަނީ މިއަދު އޭނާ ދިރިއުޅުއްވާ އެންދެރިމާގެއަށް ގޮސްފައެވެ. އެކަމަކު ނަދީމް އެވަގުތު ގޭގައި ނޫޅުއްވާތީ ފުލުހުންނަށް އޭނާ ހައްޔަރު ކުރެވިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން އެގެއިން ދިޔައީ ނަދީމްގެ ފޯނު ނަމްބަރު ހޯދައިގެންނެވެ.

ފުލުހުން ބުނީ ނަދީމް ހޯދަނީ ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެން ކަމަށެއެވެ. އެކަމަކު އޭނާ ހާޒިރު ކުރަން އުޅޭނީ ކީއްވެކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް