ވިހަ ލަގޮނޑިއެއް ކެވިގެން ހދ.ފިނޭގައި ހަތަރު އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
ވިހަލަގޮނޑިއެއް ކެވިގެން އެ ކުއްޖާ ވިހަވެ، ހޮޑުލާތީ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި މާލެ ގެނައި މަގުމަތީގައި ހާލު ސީރިއަސްވެ އެކުއްޖާ މަރުވެފައިވަނީ ހޯމަދުވަހުއެވެ.
އެކުއްޖާ އަށް ވިހަ ލަގޮނޑި ކެވުނީ މިދިޔަ އާދިއްތަ ދުވަހުކަމަށް މައުލުމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް