ޓުއަރިސްޓް ޕޮލިސް އާއި ރިސޯޓުތަކުގެ މެނޭޖްމަންޓާ ގުޅިގެން ރިސޯޓުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން ވިވަންތަ ރިސޯޓުގެ މުވައްޒަފުންނަށް ފިޒިކަލް ސެކިއުރިޓީ އަދި ސޭފްޓީ ޓްރޭނިން ޕްރޮގްރާމްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ޓްރޭނިން ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ޓްއަރިޒަމް ސެކްޓަރުގެ ސެކިއުރިޓީ ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޓްރޭނިންގ ކުރިޔަށް ގެންގޮސްފައިވަނީ އޭޕްރީލް 3 ވަނަ ދުވަހުން ފެށިގެން 4 ދުވަހުގެ މުއްދަތަށެވެ.
ވިވަންތަ ރިސޯޓުގެ މުވައްޒަފުންނަށް މޫދާއި އެއްގަމުގައި ދިމާވާ ކަންކަމަށް އަމަލުކުރާނެ ގޮތާއި އެފަދަކަންކަމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ރިސޯޓްތަކުގައި އާންމުކޮށް ދިމާވާ ކަންކަމަށް އަމާޒުކޮށް އެކަމާގުޅޭ މައުލޫމާތު ދިނުމުގެ ކްލާސްތަކެއްވެސް މި ޓްރޭނިންގ ޕްރޮގްރާމްގައި ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.
މިޓްރެއިނިންގ ޕްރޮގުރާމްގައި ކުލާސްތައް ނަގައދީފައިވަނީ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާރޓްމަންޓްގައި މަސައްކަތްކުރާ މިފަދަ ޕްރޮގްރާމް ހިންގުމުގެ ޖަތުރިބާހުރި ފުލުހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް