ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އަށް ބަންގީގެ އަޑުން އުދަގޫ ވާކަމަށް ބުނެ ޓްވީޓްކޮށްފައިވާއިރު ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ ވަނީ އޭނާ އަށް ބަންގީގެ އަޑުން ހިތްހަމަޖެހުން ލިބޭކަމަށް ބުނެފަ އެވެ.
ހޯމަ ދުވަހު ޓްވީޓް ކުރަމުން ސޯނޫ ވަނީ އަޑުގަދަ ކުރާ ބޭނުންކޮށްގެން ބަންގި ގޮވުން ހުއްޓާލަން ޖެހޭ ކަމަށް ބުނެފަ އެވެ. މި ޓްވީޓްގެ ސަބަބުން އިންޑިޔާގެ ގިނަ ބައެއްގެ ފަރާތުން އޭނާ އަށް ވަނީ ފާޑުކިޔުންތައް ރައްދު ވެފަ އެވެ.
ސޯޯނޫގެ މި ޓްވީޓްގެ ސަބަބުން އޭނާ ވަނީ އޭނާ އަށް ތާއީދުކުރާ އެތައް ފޭނުންނެއް ގެއްލުވާލައިފަ އެވެ.
މި ހަމަ ނުޖެހުމުގެ ތެރޭގައި ޕްރިޔަންކާ މީގެ ދެ އަހަރު ކުރިން ދިން އިންޓަވިއުއެއް ވަނީ ފެންމަތިވެފަ އެވެ. މި އިންޓަރވިއު ގައި އޭނާ ވަނީ ބަންގީގެ އަޑު އެހުމަށް ކޮންމެ ދުވަހަކު ހަވީރު ގޮސް އިންނަ ކަމަށާއި ބަންގީގެ އަޑު ޖެހުމުން ބަޔާން ކުރަން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބޭ ކަމަށް ބުނެފަ އެވެ.
ކުއަންޓިކޯގެ ތަރި އިތުރަށް ބުނި ގޮތުގައި އޭނާ އަދިވެސް ބޯޕާލް އަށް ދާހިތްވާ ކަމަށާއި އަދި އޭނާ ދާ ހިތްވަނީ ހަމައެކަނި ބަންގީގެ އަޑު އެހުމަށްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް