ގާސިމް އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަނެއްކާވެސް އަންގައިފި އެވެ. ގާސިމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ...

19 Apr 2017 | 06:52

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަނެއްކާވެސް އަންގައިފި އެވެ.

ގާސިމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު 4:00 އަށެވެ. ގާސިމް ފުލުހުން އިދާރާއަށް ހާޒިރުވާން އެންގި އިރު އޭނާގެ ފޯނު މިހާރުވެސް އޮތީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައި އެވެ.

ގާސިމް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރާ ސަބަބެއް ނޭނގެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ ގާސިމްގެ ގެ ގެކޮޅާއި އޮފީސް އިމާރާތްތައް ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮސްފައި އެވެ. އެކަމަކު ބުނެފައިވަނީ ތުހުމަތު ކުރެވުނު އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށެވެ.

އެ ތަންތަން ބަލާ ފާސްކޮށްފައިވަނީ ކުރިންވެސް ގާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވާ ކަންކަމާއި ގުޅިގެންނެވެ. މިހާރު ކޯޓުގައި ހިނގަމުންދާ ގާސިމްގެ މައްސަލައިގަވެސް ދައުވާ ކޮށްފައިވަނީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅޭ އުޅުމާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމާއި، ގާނޫނީ ވެރިކަމެއް ވައްޓާލުމުގެ ކުށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް