ވިލާ ކޮލެޖުން ކުރިޔަށް ގެންދަންދާ ރިސާޗު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖްގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން (އައި.އާރް.އައި)ގެ ފަރާތުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނެޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން" ގައި ބައިވެރ...

19 Apr 2017 | 06:43

ވިލާ ކޮލެޖްގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން (އައި.އާރް.އައި)ގެ ފަރާތުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނެޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވާ އަންނަ ނޮވެންބަރު މަހުގެ 17 ން 19 އަށެވެ. މިއަހަރުގެ ކޮންފަރެންސްގައި މަޝްވަރާ ކުރާނީ "އެކްސްޕްލޯރިން ނިއު ހޮރައިޒޯންސް، ޓްރާންސްފޯމިންގ ސޮސައިޓީޒް" މި މައުލޫއަ ށެވެ.

މި ކޮންފަރެންސްއަށް ކަރުދާސް ނުވަތަ ޕޯސްޓަރު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ މެއި މަހުގެ 31 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އަދި ކޮންފަރެންސްގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު 30 އޮގަސްޓުން، 22 އޮކްޓޯބަރުގެ ނިޔަލަށް ކުރިޔަށްދާނެކަމަށް އެ ކޮލެޖުން ބުނެ އެވެ.

މި ކޮންފަރެންސްއަށް ކަރުދާސް ހުށަހެޅުމަށް ކަނޑައެޅިފައިވާ ދާއިރާތަކުގެ ތެރޭގައި "ބިޒްނަސް، މެނޭޖްމަންޓް، ފައިނޭންސް، ކޯޕޮރޭޓް ގަވަރނަންސް، ސައިކޮލޮޖީ، އެޑިއުކޭޝަން، ހެލްތް، ނަރސިންގ، ސޯޝަލްވޯރކް، ރިލިޖަން، އާރޓް، ޕޮލިޓިކްސް، ޕޮލިސީ، ލޯ، ގަވަރނަންސް، އެންވަޔަރަމަންޓް، ޓެކްނޮލޮޖީ، ލެނގްއެޖް، މީޑިއާ އަދި ކޮމިޔުނިކޭޝަން"،  ހިމެނެއެވެ.

ވިލާ ކޮލެޖްއިން ބުނީ މިފަދަ ކޮންފަރެންސްއެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އެކިއެކި ދާއިރާތަކުން ދިރާސާކުރައްވާ ފަރާތްތަކުން އެ ފަރާތްތަކުގެ ދިރާސާތައް ފަންނީ ބޭފުޅުންނާއި ޚިއްޞާކުރުމާއި ހުށަހެޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. މީގެ އިތުރުން ރާއްޖެއާއި ބައިނަލްއަގްވާމީގޮތުން ތަފާތު އެކި ދާއިރާތަކުގައި ހަރަކާތްތެރިވަމުންދާ ޢިލްމީ އަދި ފަންނީ ފަރާތްތަކާއި ގުޅުން ބަދަހިކުރުމާއި އެފަރާތްތަކުގެ ޢިލްމީ އަދި ފަންނީ ދިރާސާތައް ބިނާކުރުވަނިވި މާހައުލެއްގެތެރޭގައި މަޝްވަރާގެ އުޞޫލުން ޚިއްޞާކުރުމަށް މަގުފަހިކޮށްދިނުމާއިއެކު އެފަރާތްތަކުގެ މަސައްކަތްތައް އާންމުންނާއި ޚިއްޞާކުރެވޭނެފަދަ ފުރުޞަތު ފަހިކޮށްދިނުންކަމަށް ވިލާ ކޮލެޖްއިން ބުނެއެވެ.

މި ކޮންފަރެންސްގައި ޕްރެސެންޓް ކުރައްވާ ބޭފުޅުންގެ ކަރުދާސްތައް ވިލާ ކޮލެޖްގެ ޖާނަލް "އިންޓާނެޝަނަލް ޖާނަލް އޮފް ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން" ގައި ޝާއިޢުކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް ވިލާ ކޮލެޖްއިން ބުނެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމަށް ފީއެއް ދައްކަން ޖެހެ އެވެ. އެގޮތުން ރާއްޖޭގެ އިންސްޓިޓިއުޓެއްގައި ކިޔަވާ ދަރިވަރެއް ނަމަ 200 ރުފިޔާ، ރާއްޖޭގައި މަސައްކަތް ކުރާ  ވޯކްޕާމިޓް އޮތް ބިދޭސީއެއް ނަމަ 500 ރުފިޔާއަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.

މި ކޮންފަރެންސްއަކީ ވިލާ ކޮލެޖްގެ ފަރާތުން ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް