މޮރާނޯ މަރުވުމުން ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ މަގާމު ޖެމެއިކާ މީހަކަށް

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ ކަމަށްވާ އިޓަލީގެ އެމާ މޮރާނޯ އުމުރުން 117 އަހަރުގައި މަރުވުމުން އެމަގާމު ޖެމެއިކާ މީހަކަށް ލިބިއްޖެ އެވެ. ޖެމެއިކާގެ އަންހެނެއް ކަމަށްވާ ވަޔޮލެޓް ބްރައުން އަށް މި މަގާމު...

19 Apr 2017 | 02:29

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ ކަމަށްވާ އިޓަލީގެ އެމާ މޮރާނޯ އުމުރުން 117 އަހަރުގައި މަރުވުމުން އެމަގާމު ޖެމެއިކާ މީހަކަށް ލިބިއްޖެ އެވެ.

ޖެމެއިކާގެ އަންހެނެއް ކަމަށްވާ ވަޔޮލެޓް ބްރައުން އަށް މި މަގާމު ލިބުނު އިރު މިހާރު އޭނާގެ އުމުރަކީވެސް 117 އަހަރެވެ. އޭނާ އުފަންވެފައިވަނީ 1900 ވަނަ އަހަރުގެ މާޗް 10 ގައި އެވެ.

އެ މަގާމު ލިބުމުން ބްރައުން ބުނީ އޭނާގެ އުމުތު ދިގުވަނީ ވަކި ގަވައިދުތަކެއް ހިފަހައްޓައިގެން ކެއުން ގެންގުޅޭތީ ނޫން ކަމަށާއި، ނުކަނީ ހަމައެކަނި އޫރު މަހާއި ކުޅުޅު މަސް ކަމަށެވެ. އެކަމަކު ދުވަހަކުވެސް ރަލުގެ ބާވަތެއް ބޮއެފައި ނުވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

ބްރައުންގެ އާއިލާގެ އެހެން މީހުންނަކީީވެސް އުމުރު ދިގު ބައެކެވެ.. އެގޮތުން އޭނާގެ ފިރިހެން ދަރުއެއްގެ އުމުރުން މިހާރު 97 އަހަރެވެ.

ބްރައުން އުފަންވެފައިވަނީ އޭނާގެ އަމިއްލަ ގައުމު ޖެމެއިކާ އުފެދުމުގެ 67 އަހަރު ކުރިންނެވެ. އޭނާއަށް ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ މަގާމު ލިބުމުން އެ ގައުމުގެ ބޮޑުވަޒީރު ވަނީ ތަހުނިޔާ ކިޔާފައި އެވެ.

މިދިޔަ ހޮނިހިރު ދުވަހު މަރުވި މޮރާނޯ އުފަންވެފައިވަނީ 1899 ގައި އެވެ. އޭނާ އަކީ 1800 ގައި އުފަންވެ ދުނިޔޭގައި ހުރި އެންމެ ފަހު މީހާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް