އިދިކޮޅު ފަރާތްތަކުން މިރޭ އެމްޑީޕޫީ އޮފީސް ކުރިމަތީގައި ބޭއްވި އެއްވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވާހަކަދައްކަވަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ދޫކޮށްލައިފި އެވެ.
ފުލުހުން އޭނާ ދޫކޮށްލީ ހައްޔަރު ކުރިތާ 30 ވަރަކަށް މިނިޓު ފަހުން މިރޭ 11:00 ހާއިރު އެވެ. ހަދަންގެ އިތުރުން ޖޭޕީގެ އެކްޓިވިސްޓެއްވެސް ހައްޔަރު ކުރި އެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިރޭ މީޑިއާގައި ވިދާޅުވެފައިވަނީ ހަސަން ލަތީފު ހައްޔަރު ނުކުރާ ކަމަށާއި ގައިރު ގާނޫނީ އެއްވުމެއް ކުރިޔަށްދާތީ އެ އެއްވުން ހުއްޓުވުމަށް އޭނާ އެކަހެރި ކުރީ ކަމަށެވެ. ހަސަންގެ އިތުރުން އެ އެއްވުމުގައި އިދިކޮޅު ލީޑަރުންތަކެއް ބައިވެރިވެފައިވ އެވެ.
އެކަމަކު ހަސަން ލަތީފު ފުލުހުންގެ ބެލުމުގެ ދަށަށް ގެއްދިޔައީ އެއްވެސް އިންޒާރު ދިނުމަކާއި ނުލައި ކުއްލިއަކަށް އެސްއޯ ފުލުހުން އެ ސަރަހައްދަށް ގޮސްފައި އެވެ. އަދި ހަސަން ފުލުހުން ގެންދިއުމުން އިދިކޮޅު ފަރާތްތަކުން ރުޅިގަދަވުމުން ފުލުހުން ވަނީ ޕެޕާ ސްޕރޭ ޖަހައި ބާރުގެ ބޭނުންކޮށްގެން އެއްުން ރޫޅާލާފައި އެވެ.
ފުލުހުން ގޮސް އިދިކޮޅު ފަރާތްތަކުގެ އެއްވުން ރޫޅާލި އިރު މާވެޔޮ މަގުގައި ވެރިކަން ކުރާ ޕީޕީއެމްގެ ކެމްޕެއިން ޖަލްސާއެއް މަގުމަތީގައި ކުރިޔަށްދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް