ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރަނީ

ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރަން ނިންމައިފި އެވެ. ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެ އެވެ. ރާއްޖެއަށް ކަދުރު ހަދިޔާކުރުމުގެ އެއްބަސްވުމުގައި ...

19 Apr 2015 | 14:05

ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރަން ނިންމައިފި އެވެ.

ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެ އެވެ.

ރާއްޖެއަށް ކަދުރު ހަދިޔާކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ނާޝިދެވެ. ސައުދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ ދެ އޮފިޝަލެކެވެ.

ފިނޭބްސް މިނިސްޓްރީން ބުނީ އެ ކަދުރުތައް ބަހާނީ އެހެން އަހަރުތަކެކޭ އެއްގޮތަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ މެދުވެރިކޮށް ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ކަމަށެވެ. އަދި އަންނަ މަހު ކަދުރުތައް ބަހަން ފަށާއިރު ކަދުރު ބަހާނީ ރަށުގެ އާބާދީއަށް ބަލާފައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެ ކަދުރުތަކުގެ ޝިޕްމަންޓުގެ އަގަކީ 70،666 ޑޮލަރު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް