ރޯދަމަހަށް ހާއްސަކޮށް އެސްޓީގެ "ރަމަޟާން ބާޒާރު" ފަށައިފި

ރޯދަމަހާއި ދިމާކޮށް އެސްޓީއޯއިން ކުރިޔަށް ގެންދާ "ރަމަޟާން ބާޒާރު" މިއަދު ފަށައިފި އެވެ. އެސްޓީއޯއިން ބުނީ ސޭލްގައި އެސްޓީއޯއިން ވިއްކާ އެކި ބްރޭންޑުތަކުގެ އުފެއްދުންދަކުން ޑިސްކައުންޓް ދޭނެ ކަމަށެވެ....

19 Apr 2015 | 13:50

ރޯދަމަހާއި ދިމާކޮށް އެސްޓީއޯއިން ކުރިޔަށް ގެންދާ "ރަމަޟާން ބާޒާރު" މިއަދު ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ ސޭލްގައި އެސްޓީއޯއިން ވިއްކާ އެކި ބްރޭންޑުތަކުގެ އުފެއްދުންދަކުން ޑިސްކައުންޓް ދޭނެ ކަމަށެވެ.

އެގޮތުން ހިޓާޗީ، ފިލިޕްސް، މަކީޓާ އަދި ނިޕޯން ޕެއިންޓް ފަދަ ބްރޭންޑުތަކުގެ އުފެއްދުންތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. ބައެއް ތަކެތިން 50 ޕަސެންޓަށް ވުރެ މަތިން ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮންމެ ހަފުތާއަކު ނަސީބުވެރިއަކު ހޮވާ މި ޕްރޮމޯޝަންގައި އެސްޓީއޯއިން ކުރާ 1،000ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޭނެ އެވެ. ނަސީބުވެރިންނަށް ހޮވޭ ފަރާތްތަކަށް ކޮންމެ ހަފުތާއަކު ޓީވީ އާއި އައިސް އަލަމާރި އަދި އޭސީ ފަދަ އިނާމުތައް ދިނުމަށް ހަމަޖެހިފައި ވެއެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ބައެއް ތަކެތި ގަނެގެން ވަގުތުން އިނާމު ލިބޭނެ ކަމަށްވެސް ބުނެ އެވެ. އެގޮތުން ފިލިޕްސް ބްރޭންޑުގެ އެއާ ފްރަޔާ ގަންނަ މީހުންނަށް ޓޯސްޓަރަކާއި ބްލެންޑަރެއް ހިލޭ ދިނުމަށް ހަމަޖެހިފައިވާއިރު، "ބައި ވަން ގެޓް ވަން ފްރީ" ޕްރޮމޯޝަނެއް ވެސް "ރަމަޟާން ބަޒާރު" ގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް