ގެއްލިގެން ހޯދި ޒުވާނާ ޖަލުގައި!

ގެއްލިގެން ފުލުހުން ހޯދަން އިއުލާންކުރި ހުސައިން ފިޔާޒް ހުރީ ޖަލުގައި ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ އޭނާ ގެއްލިގެން ހޯދަން އިއުލާން ކުރިފަހުން އެނގިފައިވަނީ އޭނާ ހުރީ ޑްރަގް ކޯޓުގެ ހުކުމެ...

19 Apr 2015 | 12:48

ގެއްލިގެން ފުލުހުން ހޯދަން އިއުލާންކުރި ހުސައިން ފިޔާޒް ހުރީ ޖަލުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އޭނާ ގެއްލިގެން ހޯދަން އިއުލާން ކުރިފަހުން އެނގިފައިވަނީ އޭނާ ހުރީ ޑްރަގް ކޯޓުގެ ހުކުމެއްގައި ޖަލުގައި ކަން ކަމަށެވެ. ފުލުހުން ބުނީ، އާއިލާ އަށް ވީނުވީއެއް ނޭނގި ރިޕޯޓު ކުރިއިރު ފުލުހުންނަށް ވެސް އެ މީހާ ޖަލުގައި ހުރިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

ފިޔާޒް ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު 5:30 ހާއިރު ވިލިމާލޭން ކަމަށް ވެސް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް