އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހިޝާމް އަހްމަދު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި އެވެ.
ހިޝާމް އަކީ އަދާލަތު ޕާޓީގެ މެންބަރެކެވެ. އަދި ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ މީދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ކުރިމަތިލެއްވީ އޭނާ އެވެ.
ސިޔާސީ މަގާމެއް ކަމުގައިވާ ކޯޑިނެޓަރުންނަށް ކޮންމެ މަހަކު މޫސަރައިގެ ގޮތުގައި 15،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.
މިފަހަކަށް އައިސް ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުގެ ނައިބުންގެ ބަދަލުގައި ރައީސް މިނިސްޓްރީތަކުން ވަޒީފާ ދެއްވަމުން ގެންދަވަނީ ކޯޑިނޭޓަރުންނަށެވެ. އެގޮތުން ބައެއް މިނިސްޓްރީތަކުގައި 14 ކޯޑިނޭޓުން ތިއްބަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް