މާޅޮހުގައި އެސްޓީއޯގެ ބޭސްފިހާރައެއް ހުޅުވައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޭސް ފިހާރައެއް އއ. މާޅޮހުގައި ހުޅުވައިފިއެވެ. މި ބޭސް ފިހާރައަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓ...

19 Apr 2015 | 09:34

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޭސް ފިހާރައެއް އއ. މާޅޮހުގައި ހުޅުވައިފިއެވެ.

މި ބޭސް ފިހާރައަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުވުނު ބޭސް ފިހާރައެކެވެ.

އެސްޓީއޯއިން ވިދާޅުވީ އިއްޔެ ހުޅުވުނު ބޭސް ފިހާރައިން އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މި ބޭސްފިހާރަ ހުޅުވުމުން މިހާރު އެސްޓީއޯގެ 105 ބޭސްފިހާރަ އަތޮޅު ތެރޭގައި ހުޅުވުނީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް