ހުޅުމާލޭގައި އިތުރު ޕޮލިސް ޕޯސްޓެއް ހުޅުވައިފި

އިންވެސްޓިގޭޝަން އޮފިސަރުންނަށާއި ސީން އޮފް ކްރައިމް އޮފިސަރުންނަށް ހާއްސަ ވަކި ޕޮލިސް ޕޯސްޓެއް ހުޅުމާލޭގައި ހުޅުވައިފި އެވެ. މިއަދު ރަސްމީކޮށް މި ޕޯސްޓު ހުޅުއްވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސ...

19 Apr 2015 | 08:40

އިންވެސްޓިގޭޝަން އޮފިސަރުންނަށާއި ސީން އޮފް ކްރައިމް އޮފިސަރުންނަށް ހާއްސަ ވަކި ޕޮލިސް ޕޯސްޓެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

މިއަދު ރަސްމީކޮށް މި ޕޯސްޓު ހުޅުއްވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީއެވެ.

މި ރަސްމިއްޔާތުުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީވަނީ ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެބާރުލުމަށް ޝުކުރު ދަންނަވާފަ އެވެ. އޭގެ އިތުރުން، އަލަށް ހުޅުވިގެންދާ ޕޮލިސް ޕޯސްޓްގެ ސަބަބުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތް އިތުރަށް ފުޅާވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ނެއިބަހުޑް ދޭއް ގެ ފްލެޓް ނަމްބަރު 120 ގައި ހުޅުވިގެންދިޔަ މި މަރުކަޒުގެ ސަބަބުން ފުލުހުންގެ މަސައްކަތް އިތުރަށް ހަލުއިވެ ރައްޔިތުންނަށް ދެމުންދާ ހިދުމަތަށް އިތުރު ކުރިއެރުމާއި ތަރައްގީ ލިބިގެންދާނެކަމަށް ހުޅުމާލެ ޕޮލިހުން ބުނެ އެވެ.

މި ރަސްމިއްޔާތުގައ ފުލުހުންގެ އިސްވެރިންނާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް