ވަގަށް އަނބު ބިނުމުން ހެޓްރިކް ހެދި މީހަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
އެމީހަކީ ލ. ގަން، ތުނޑި، ނަންރީތިގޭ، އުމުރުން 42 އަހަރުގެ މޫސާ ހަލީމްއެވެ.
ފުލުހުން ބުނެފައިވަނީ ވަގަށް ނަގާފައިވާ އަނބުކޮތަޅެއް ގެންގުޅުނުކަމުގެ ތުހުމަތުގައި މިއަދު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި އޭނާއަކީ މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ މައްސަލަތަކާއި ވައްކަމުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.
މޫސާ ހަލީމްގެ ބަންދަށް ކޯޓުން 10 ދުވަސް ދީފައިވާއިރު، މޫސާ ހަލީމްގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވާގޮތުގައި ވަގަށް އަނބު ބިނދެގެން ކޮތަޅަކަށް އަޅައިގެން އުޅުނީ ކަމަށް ފާހަގަކުރެވުނު ކަމަށާއި އެއީ ގެއެއްގެ ގަހަކުން ވަގަށް ބިން އަނބުކަމަށް ބުނި ކަމަށް ބުނެފައިވެއެވެ.
އަދި މޫސާ ހަލީމްގެ އެންމެ ފަހުގެ ހައްޔަރު ދެ ރެކޯޑުވެސް ގުޅިފައިވަނީ ވަގަށް އަނބު ބިނުމާކަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް