އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ދެއްވީ އުރީދޫއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން

ޑިޖިޓަލް ލޭންޑްސްކޭޕަށް އިންވެސްޓްކޮށް ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފި އެވެ. އެ ކުންފުނީގެ އަހަރ...

19 Mar 2025 | 09:12

ޑިޖިޓަލް ލޭންޑްސްކޭޕަށް އިންވެސްޓްކޮށް ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފި އެވެ.

އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް އިންވެސްޓްކުރުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

"ކަނެކްޓިވިޓީ އިތުރަށް ހަރުދަނާކުރުމަށާއި އިނޮވޭޓިވް ޑިޖިޓަލް ސޮލިއުޝަންތައް ތައާރަފްކުރުމާއި އައިއޯޓީގެ ގާބިލްކަން ފުޅާކޮށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރި ކުރުވުމަށް ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނެ،" އަލް ހަމާދީ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އަމާޒަކީ، ޑިޖިޓަލް އެކްސެސްގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމާއި، އިޖްތިމާޢީ ކުރިއެރުމަށް މަގުފަހިކޮށްދޭ، މުސްތަޤްބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް އުފެއްދުން."

އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެވެ. އިނޮވޭޝަނާއި ކަސްޓަމަރުންގެ ތަޖުރިބާއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން އެ ކުންފުނީގެ ނެޓްވޯކް އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ އެޑްވާންސް ޑިޖިޓަލް ހިދުމަތްތައް ތައާރަފް ކުރަމުން ދެ އެވެ.

ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ތެރެއިން، ޑިޖިޓަލް އިންކްލޫސިވް މުޖުތަމައެއް ބިނާކޮށް، ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތަކާއި ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް