ރޯދަމަހު ފުރަތަމަ ދިހަ ދުވަހު ވައްކަމުގެ 147 މައްސަލަ

މި ހިނގާ ރޯދަމަހުގެ ފުރަތަމަ 10 ދުވަހު އެކަނި ވައްކަމުގެ 147 މައްސަލައެއް ހުށަހެޅުނު ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ ފުލުހުން މިއަދު ހާމަކުރި، ރަމަޟާން މަހުގެ ފުރަތަމަ 10 ...

19 Mar 2025 | 07:54

މި ހިނގާ ރޯދަމަހުގެ ފުރަތަމަ 10 ދުވަހު އެކަނި ވައްކަމުގެ 147 މައްސަލައެއް ހުށަހެޅުނު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ ފުލުހުން މިއަދު ހާމަކުރި، ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ކުށުގެ ތަފާސްހިސާބުގައެވެ.

އެ ތަފާސްހިސާބުގައި ބުނެފައިވާގޮތުގައި ރޯދަމަހުގެ ފުރަތަމަ 10 ދުވަހު އެކު ޖުމުލަ 692 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު 148 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ތަފާސްހިސާބަށް ބަލައިލާއިރު އެންމެ ގިނައީ އެކްސިޑެންޓެވެ. 153 އެކްސިޑެންޓެއް ފުރަތަމަ 10 ދުވަހު ވެފައިވާކަމަށް ބުނެފައިވާއިރު ދެވަނައަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެއީ 147 މައްސަލައެވެ.

މަސްތުވާތަކެތި ބޭނުން ކުރުމުގެ 110 މައްސަލައެއް ފުރަތަމަ 10 ގައި ރިޕޯޓުކޮށްފައިވާއިރު މަކަރާއި ހީލަތުގެ 70 މައްސަލައެއް، މުދަލަށް ގެއްލުން ދިނުމުގެ 48 މައްސަލައެއް އަނިޔާގެ 40 މައްސަލައެއް، ބިރު ދެއްކުމުގެ 38 މައްސަލައެއް، ޖިންސީ ކުށުގެ 15 މައްސަލައެއް، ކުޑަކުދިންނަށް ކުރެވޭ އެކި ބާވަތުގެ އަނިޔާގެ 16 މައްސަލައެއް، ފޭރުމުގެ 8 މައްސަލައެއް އަދި ފޯޖަރީގެ 8 މައްސަލައެއްގެ އިތުރުން ސައިބަރކްރައިމްގެ 7 މައްސަލައެއް ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ރިޕޯޓްކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް