ދިވެހި ފުލުހުންގެ މުސާރަ 35 އިންސައްތަ ބޮޑުކޮށްފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
އެގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ ފުލުހުންގެ މުސާރަ މި މަހުން ފެށިގެން 35 އިންސައްތަ ސަރުކާރުން ބޮޑުކޮށްދީފައިވާކަމަށާއި އއި މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން މަގާމުގެ އެލަވަންސާއި ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސް ކަމަށެވެ.
"މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރަ ބޮޑުކުރެވުނު ފުރަތަމަ ފަހަރު" ޝިފާން ފާހަގަކުރެއްވިއެވެ.
ޝިފާން އިތުރަށް ވިދާޅުވީ މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތައާރަފްކުރުމުގެ ގޮތުން ކުރިން ދެމުންއައި އެލަވަންސްތަކަށް ވަނީ ބަދަލު ގެނެވިފައެވެ.
ފުލުހުންގެ މުސާރަ މި މަހުން ފެށިގެން ބޮޑުކޮށްފައިވާއިރު ފުލުހުންނާއި ސިފައިންގެ މުސާރަ މި މަހުން ފެށިގެން ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް