ކާށިދޫ ބޯޓުޔާޑުގައި ރޯވުން: ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ދިޔައިރު ރޯވި ދޯނިތައް ވަނީ އަނދާ ހުލިވެފައި

ކާށިދޫ ބޯޓުޔާޑުގައި ރޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލު ކުރެވުނު އިރު ހަތަރު ދޯންޏެއް އަނދާ ހުލިވެފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެގޮތުން މިއަދު އެމްއެންޑީއެފް އިން ބުނެފައިވަނީ މި ...

19 Mar 2024 | 06:47

ކާށިދޫ ބޯޓުޔާޑުގައި ރޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލު ކުރެވުނު އިރު ހަތަރު ދޯންޏެއް އަނދާ ހުލިވެފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެގޮތުން މިއަދު އެމްއެންޑީއެފް އިން ބުނެފައިވަނީ މި ހާދިސާގައި އެންމެ ފުރަތަމަ މަޢުލޫމާތު ލިބިފައިވަނީ އެ ރަށުގައި ވަކިންހުރި އޮޑިހަރުގެއެއްގައި އެހެލާފައިހުރި ދޯނިތަކެއްގައި އަލިފާން ރޯވެ އަދަމުންދާކަމަށާއި ނަމަވެސް އިތުރު ސަރަހައްދަކަށް ފެތުރުމުގެ ފުރުސަތު ކުޑަކަމުގައި ކަމަށެވެ.

"ނަމަވެސް އެސަރަހައްދާއި މާދުރުނޫން ހިސާބެއްގައި ހުރި ރުއްތަކަށް އަލިފާނުގެ އަސަރު ކޮށް އިތުރު ސަރަހައްދުތަކަށް ފެތުރުގެ ކުޑަ ފުރުސަތެއް އޮތްކަމުގެ މަޢުލޫމާތު ރޭ މެންދަމު 01:24 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ރަށަށް ދިއުމަށް އެކޯ 949 (އަލިފާން ނިއްވާ ލޯންޗުގައި) ގައި 01:48 ހާއިރު ދަތުރު ފެށި" އެމްއެމްޑީއެފްއިން ބުނެފައިވެއެވެ.

އެގޮތުން ފަތިހު 04:40 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ދިޔައިރު އަލިފާން ރޯވި ދޯނިތައް ވަނީ އެއްކޮށް އަނދާ ހުލިވެފައި ކަމަށާއި  އޭރުވެސް އަލިފާނުގެ އަސަރު ހުރުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންގެ ވަނީ މިއަދު ހެނދުނު 06:24 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފައި ކަމަށް ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށާއި ނަމަވެސް އެ ރަށު އެއްގަމަށް އެހެލާފައި އޮތް ބޮޑު ދެ ދޯންޏާއި ކުޑަ ދެ ދޯނި ވަނީ މި ހާދިސާގައި އެއްކޮށް އަނދާ ހުލިވެފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް