މަތި ތައުލީމާއި ތަމްރީނު ދިނުމަށް ވިލާ ކޮލެޖާއި މާފުށީ ކައުންސިލާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

މަތީ ތަޢުލީމާއި ތަމްރީން ދިނުމަށް ވިލާ ކޮލެޖާއި މާފުށީ ކައުންސިލް އިދާރާއާއި ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން ވިލާ ކޮލެޖުން މިއަދު ބުނެފައިވާގޮތުގައި މިއީ މާފުށީ ކައުންސި...

18 Mar 2024 | 21:44

މަތީ ތަޢުލީމާއި ތަމްރީން ދިނުމަށް ވިލާ ކޮލެޖާއި މާފުށީ ކައުންސިލް އިދާރާއާއި ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ވިލާ ކޮލެޖުން މިއަދު ބުނެފައިވާގޮތުގައި މިއީ މާފުށީ ކައުންސިލުން މާފުށީގެ ތައުލީމީ ހާލަތު ރަނގަޅުކޮށް ތައުލީމީ ޖީލެއް ބިނާ ކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި، ވިލާ ކޮލެޖާއި މާފުށީ ކައުންސިލާ އެކުގައި މަސައްކަތްކުރުމުގެ ގޮތުން، މާފުށި ކައުންސިލާއި ވިލާ ކޮލެޖާއި ދެމެދު އެއްބަސްވާ ގޮތްތައް ކަނޑައަޅައި ސޮއިކުރެވުނު ފަހުމުނާމާއެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ވިލާކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވައިސްރެކްޓަރ ޑރ. އަލީ ނަޖީބެވެ. މާފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް ހަސަން ސަލާހެވެ.

މި ފަހުމުނާމާގެ ދަށުން، ވިލާ ކޮލެޖުގައި ކިޔެވުމަށް މާފުށީގެ ދަރިވަރުންނަށް  މާފުށީ ކައުންސިލް އިން ކަނޑައަޅާ އަދަދަކަށް، އެކައުންސިލުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކޮންމެ އަހަރަކު ސްކޮލަޝިޕް ހަމަޖައްސައި ދިނުމާއި މާފުށީގައި ވިލާ ކޮލެޖުގެ ކޯސްތައް ފެށުމަށްޓަކައި ބޭނުންވާ ކަންކަމުގައި ދެފަރާތުން މަސައްކަތް ކުރުމާއި ދެފަރާތް ގުޅިގެން ވިލާ ކޮލެޖުގެ ޕްރޮގްރާމްތައް މާފުށީގައި ޕްރޮމޯޓް ކުރުމާއި މާފުށީ ކައުންސިލްގެ ސްކޮލަޝިޕް ސްކީމް ތައާރަފްކޮށް ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާ ލަފާ ވިލާކޮލެޖުން ދިނުމުގެ އިތުރުން މާފުށީ ކައުންސިލުން ބޭނުންވާ ދާއިރާތަކުން މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ވިލާކޮލެޖުން އެހީތެރިވެދިނުން ހިމެނޭކަމަށް ވިލާކޮލެޖުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް