ކާށިދޫ ބޯޓުޔާޑުގައި އަލިފާން ރޯވެ އަނދަމުން އެބަ ދެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ރޯވެ އަނދަމުން އަންނަތާ މިހާރު ގަޑިއިރަކަށްވުރެ ގިނައިރުވެފައިވާއިރު މިހާތަނަށް ތިން ދޯންޏެއް ވަނީ އަނދާ ހުލިވެފައެވެ. އަދިވެސް އަންނަނީ އަލިފާން ފެތުރެމުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ދެންމެ މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފް އިން ބުނެފައިވަނީ ފަޔާ ފައިޓަރުން މާލެއިން ކާށިދުއަށް ފުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އަލިފާން ނިއްވުމަށް އެ ރަށުގެ ރައްޔިތުންނާއި އަދި އެ ރަށުގައި މިވަގުތު ތިބި ބައެއް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން އައި ނަމަވެސް އަދި އަލިފާން އެއްވެސް ވަރަކަށް ކޮންޓްރޯލް ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް