އުރީދޫ މޯލްޑިވްސްއިން މި ރޯދަމަހު ކުރިއަށްގެންދާ ބައެއް ހަރަކާތްތަކުގެ ޕާޓްނަރެއްގެ ގޮތުގައި ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕާއެކު ސޮއިކުރެވުނުކަން އިއުލާނުކޮށްފިއެވެ.
މިއާއެކު އުރީދޫގެ ކަސްޓމަރުންނަށް 2 އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު މިވަނީ ފަހިވެފައެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި މިރޯދަމަހު އުރީދޫގެ މީސް މީޑިއާ މެދުވެރިކޮށް ކުރިއަށްގެންދާ އުރީދޫ ރޯދަ ކުއިޒަކީ ޕީސް ފައުންޑޭޝަން އަދި ޤިބްލަ ގުރޫޕާއެކު ކުރިއަށް ގެންދެވޭ ކުއިޒެކެވެ. މި ކުއިޒުގައި ބައިވެރިވުމަށް އުރީދޫގެ މީސް މީޑިއާގައި އާއްމުކުރެވޭ ސުވާލުތަކަށް ދެވިފައިވާ ސުންގަޑީގެ ކުރިން ޖަވާބު ކޮމެންޓު ކުރައްވާށެވެ. ދީނީ މައުލޫމާތު ކަސްޓަމަރުންގެ ތެރޭގައި އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދެވޭ މި ކުއިޒުގެ ބޮޑު އިނާމަކަށް ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕުގެ ފަރާތުން ހުށައަޅާފައިމިވަނީ އުމްރާ ދަތުރެކެވެ. މި އިނާމު ލިބިވަޑައިންނަވާނީ އެންމެ ގިނަ ސުވާލުގެ ޖަވާބު ރަގަޅު ކުރާ ފަރާތަކެވެ. އެއްފަރާތަށް ވުރެ ގިނަ ފަރާތުން ރަގަޅު ޖަވާބުތައް ދިވާކުރައްވާފައިވާނަމަ, އިނާމު ލިބިވަޑައިންނަވާނީ ގުރުވަތުން ހޮވޭ ފަރާތަށެވެ.
އުރީދޫގެ ކަސްޓަމަރުންނަށް ފަހިވެގެންދިޔަ މި ފުރުސަތާއި ގުޅޭގޮތުން ގިބްލަ ހައްޖު އަދި އުމްރާ ގްރޫޕްގެ ޑިރެކްޓަރ، އިބްރާހިމް އަޝްވާގު ވިދާޅުވީ ޤިބްލަ ގެ ފަރާތުން ހުށައަޅާ ޢުމްރާ ދަތުރުގެ ސަބަބުން އުރީދޫގެ ރަމަޟާން މަހު ހިންގަމުންދާ ހަރަކާތްތަކުގައި ގިނަބަޔަކު ބައިވެރިވުން އުންމީދުކުރައްވާކަމަށާއި އުރީދޫއިން ކުރިއަށް ގެންދާ ރޯދަ ކުއިޒުގެ ސަބަބުން ގިނަ ބަޔަކަށް ދީނީ މައުލޫމާތު ލިބިގެންދާނެކަން ޔަގީންކުރައްވާކަމަށެވެ.
މީގެ އިތުރުން އުރީދޫގެ އަތޮޅު ދުވުން ގޭމުގެ މާރިޗު މަހުގެ ގިފްޓް ޕާޓްނަރ އަކީވެސް ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕެވެ. އަދި މާރިޗު މަހުގެ ލީޑަރބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް (31 މާރިޗު 2024, 11:59 ނިޔަލަށް) 2 މީހެއްގެ އުމްރާ ދަތުރު ވަނީ ހުށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް