ޕާކިސްތާން ގައުމީ ފުޓްބޯޅަ ޓީމާއި އެކު ކުޅޭ އެކުވެރިކަމުގެ މެޗަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ލާމު ގަމަށް އަތުވެއްޖެއެވެ.
އަންނަ އަންގާރަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅޭ އެކުވެރިކަމުގެ މެޗަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ލާމު ގަމަށް އައީ މިއަދު މެދުރު ފަހުއެވެ.
ރާއްޖޭގެ އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާވެސް އަލީ އަޝްފާޤް (ދަނގަޑޭ) ވެސް ހިމެނޭހެން 23 ކުޅުންތެރިންނާއި ކޯޗުން އަދި އޮފިޝަލުން މިއަދު ގަމަށް އައިސްފައިވާއިރު، ކައްދޫ ވައިގެ ބަނދަރުން ލާމު ގަން އަދި ލާމު ފޮނަދޫ ކައުންސިލްގެ އިތުރުން ލާމު އަތޮޅު ކައުސިލް އާއި ސަރުކާރު މުއަށްސަސާތައް ގުޅިގެން ވަނީ އެފަރާތްތަކަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔާފައެވެ.
ޕާކިސްތާނާއި އެކު ކުޅޭ އެކުވެރިކަމުގެ މެޗަށް ތައްޔާރީތައް ވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމުން މިއަދު ވަނީ ފަރިތަކުރުންތައްވެސް ފަށާފައެވެ. ޓީމުގެ ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައިވަނީ ގަމު ޒޯން ސްޓޭޑިއަމުގައެވެ.
ގައުމީ ޓީމުން މިއަހަރު ކުޅޭ ފުރަތަމަ އެކުވެރިކަމުގެ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނައިރު، އެ މެޗަކީ ރާއްޖޭގެ ގައުމީ ޓީމުން އައްޑޫ އާއި މާލެ ނޫން ތަނެއްގައި ކުޅޭ ފުރަތަމަ މެޗެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ކުޅެވޭ މެޗަކަށް ވާއިރު،. މި މެޗަކީ ފީފާ ރޭންކިންގައި ގުނާނެ މެޗަކަށްވެގެންދާނެއެވެ.
ރާއްޖޭގައި ރަސްމީ ލެވަލްގެ މެޗެއް ނުކުޅޭތާ ހަތް މަހެއްހާ ދުވަސް ފަހުން، ކުޅޭ މި މެޗަށް ޕާކިސްތާން ގައުމީ ޓީމު މާދަމާގެ ވަގުތެއްގައި ރާއްޖެ އަންނާނެކަމަށް ޚަބަރުލިބެއެވެ.
މި މަހުގެ 21 ވަނަ ދުވަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ޕާކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ އެކުވެރިކަމުގެ މި މެޗު ބެލުމަށް ލާމު އަތޮޅުގެ ރައްތަކުން ވީހާވެސް ގިނަ ބަޔަކު ދަނޑަށް އައުމަކީ ލާމު އަތޮޅު ކައުންސިލް، ލާމު ފޮނަދޫ ކައުންސިލްގެ އިތުރުން ލާމު ގަމު ކައުންސިލްގެ ވަރަށް ބޮޑުއެދުމެކެވެ.
ޕާކިސްތާން މެޗަށް ނެގި ރާއްޖޭގެ ގައުމީ ޓީމު ސްކޮޑު
ގޯލްކީޕަރުން : ހުސެއިން ޝަރީފް / ހަސަން އަލީފް އިބްރާހިމް / ޔޫސުފް މީސަމް
ޑިފެންޑަރުން : ސަމޫހު އަލީ (ސަމުއްޓެ) / ކެޕްޓަން / ހުސައިން ސިފާއު ޔޫސުފް (ކްރޯ) / އަހުމަދު ނޫމާން (ހެލްމެޓް) / ހައިޝަމް ހަސަން (ބިޑި) / ހަސަން ޝިފާޒް / ޝިފާން ހަސަން / ހުމައިދު ހަސަން /އަހުމަދު މާއިޝް ރަޝީދު
މިޑްފީލްޑަރުން : އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) / އަހުމަދު ބައްސާމް މުހައްމަދު (ބައްކު) / އިބްރާޙީމް އައިސަމް / ހުސައިން ނިހާން (ނިހާޓް) / ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) / ހަސަން ސުފިޔާނު / މުހައްމަދު އިރުފާން
ފޯވަޑުން : ހަމްޒާ މުހައްމަދު (ހަމްޕު) / ނާއިޒު ހަސަން (ދާދު) / އަލީ އަޝްފާގު (ދަގަނޑޭ) / ހަސަން ރާއިފް އަހުމަދު (ހަންނަ) / މުހައްމަދު ސަހާއު (ބޭލް)
ރާއްޖެ މެޗަށް ނެގި ޕާކިސްތާން ގައުމީ ޓީމު ސްކޮޑު
ގޯލްކީޕަރުން : ސާބިޤް ހަނީފް / އަބްދުލް ބާސިތް / ސަލްމާނުލް ހަޤް
ޑިފެންޑަރުން : މަމޫން މޫސާ ޚާން / ސައީދް އަބްދުﷲ ޝާހް / އަބްދުﷲ އިޤްބާލް / ހަސީބް އަޙުމަދު ޚާން / ޓުޤީރުލް ޙަސަން / ސަރުދާރު ވާލީ / ރާއޯ އުމަރު ހަޔާތް / އަބްދުލް ޤާދިރު ޚާން / އަލީ ޚާން ނިއާޒީ / މުޙައްމަދު ސުފިޔާން
މިޑްފީލްޑަރުން : އަލީ އުޒައިރް / އަލްމަގީރް ޣާޒީ / ޒައިނުލް އަބިދީން / ހާރޫން ހާމިދް
ފޯވާޑުން : ޗަޔެކް ޑޮސްޓް / މުޙައްމަދު ވަލީދް ޚާން / މޮއިން އަޙުމަދު / އަޙުމަދު ސަމަދް ޝާޙްޒާދް / އުމަރު ސައީދް / މުޙައްމަދު ވަހީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް