ތައިލެންޑުގައި ހައްޔަރު ކުރި ދިވެހިންތަކެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
އެ ގައުމުގެެ ޑޯން މުއެންގް އެއާޕޯޓުން ހައްޔަރު ކުރީ ތިން ދިވެހިންނެވެ. އެމީހުން ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ތައިލެންޑު ކަސްޓަމްސްއިންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުުގައި އެ ތިން މީހުން ހައްޔަރު ކުރީ ވިހަގަދަ ފައިދިގު މަކުނުތަކަކާއި އަސްދޫނި ބިސް އަދި ބައެއް އެހެން ދިރޭތަކެތި ތައިލެންޑުން ބޭރު ކުރަން އުޅުނު މައްސަލައެއްގަ އެވެ.
އެމީހުންް ކަފާލާތުގެ ދަށުން ދޫކޮށްލިޔަސް ތައިލެންޑުން ބޭރުވުމުގެ ހުއްދަ ދިން ކަމެއް ނޭނގެ އެވެ. އަދި ދޫކޮށްލީ ކިހާ އަދަދެއްގެ ފައިސާއެއް ދައްކައިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ މައްސަލަ ތައިލެންޑު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް