ފަތުރުވެރިއެއްގެ ކޭޝް ކާޑު ފޭރިގަނެ، ވިޔަފާރި ކުރި މީހާ ހައްޔަރު ކޮށްފި

މާލޭގައި ފަތުރުވެރިއެއްގެ ކޭޝް ކާޑު ވަގަށް ނަގައި އޭގެން ވިޔަފާރިކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ ފަތުރުވެރިޔާގެ ދަބަސް ވަގަށް ނެގީ އާޓިފިޝަލް ބީޗުގައި އު...

19 Mar 2023 | 13:27

މާލޭގައި ފަތުރުވެރިއެއްގެ ކޭޝް ކާޑު ވަގަށް ނަގައި އޭގެން ވިޔަފާރިކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ ފަތުރުވެރިޔާގެ ދަބަސް ވަގަށް ނެގީ އާޓިފިޝަލް ބީޗުގައި އުޅެނިކޮށް ކަމަށެވެ. އެމީހާ ވަނީ ފަތުރުވެރިޔާގެ ކޭޝް ކާޑު ބޭނުންކޮށްގެން5،000 ރުފިޔާގެ ވިޔަފާރިކޮށްފައި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގަ ހައްޔަރު ކުރީ42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރު ކުރީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބަލައިގެންނެވެ.

އެމީހާ ހައްޔަރުކޮށް ފުލުހުން ވަނީ ކޭޝް ކާޑު ބޭނުންކޮށްގެން ގަތް ތަކެތިވެސް ހޯދާފައި އެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް