އެމްޕީއެލް އިން މުވައްޒަފުންނަށް ޑޭކެއާ ސެންޓަރެއް ހުޅުވައިފި

އެމްޕީއެލް އިން އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދަރިންނަށް ހާއްސަކޮށް  ޑޭކެއާ ސެންޓަރެއް މިއަދު ހުޅުވައިފި އެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއް ގައި އެމްޕީއެލްގެ ޑޭކެއާ ސެން...

19 Mar 2023 | 13:04

އެމްޕީއެލް އިން އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދަރިންނަށް ހާއްސަކޮށް  ޑޭކެއާ ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއް ގައި އެމްޕީއެލްގެ ޑޭކެއާ ސެންޓަރު ހުޅުވައިދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.

އެމްޕީއެލުން ބުނީ މި ޑޭކެއާ ސެންޓަރު ހުޅުވާފައި ވަނީ އެ ކުންފުނީގެ މައި އޮފީހުގައި ކަމަށެވެ.

އަދި މި ސެންޓަރަކީ 30-40 ކުދިންގެ ޖާގައިގެ ތަނެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޕީއެލުން ބުނީ މިއަދު ހުޅުވި ޑޭކެއާ ސެންޓަރުގެ ޚިދުމަތް އެ ކުންފުނީގެ މުވައްޒަފުންނަށް ދޭނީ ހިލޭ ކަމަށެވެ.

އެމްޕީއެލްގެ ޑޭކެއާ ސެންޓަރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު ހަތަކުން ރޭގަނޑު ހަތަކަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މީގެ އިތުރުން އެމްޕީއެލް އިން ބުނީ ޑޭކެއާ ސެންޓަރު ހުޅުވުމުގެ މަޤްސަދަކީ އެ ކުންފުނީގެ މުވައްޒަފުންނަށް ލުއި ފަސޭހަކޮށްދީ، މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި އެ މީހުންގެ ކުދިންނަށް ރައްކާތެރި އަދި ކުދިންނާ ގުޅޭ މާހައުލެއް ގާއިމްކޮށްދިނުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް