ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމާއިމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް، ރައީސް މައުމޫނާއެކު މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުން ވަކި ކޮޅެއްގައި ނުޖައްސާ ނިންމާލައިފިއެވެ.
އެކަން ހާމަކުރަމުން އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އާދަމް ވިދާޅުވީ އެމްއާރްއެމްގެ ޒައީމް، ރައީސް މައުމޫނާއި އެ ޕާޓީގެ ރައީސް ފާރިސް މައުމޫނާއި އެ ޕާޓީގެ ނައިބުރައީސް ޝަޒައިލް އަދި އަލީމް ހިމެނޭހެން މިއަދު ރައީސް ސޯލިހާއި ބައްދަލުކުރި ކަމަށެވެ.
"ކޯލިޝަން ހެދުމާމެދު ވަކި ގޮތެއް ނުނިންމަވާ" އަލީމް ވިދާޅުވެފައިވެއެވެ.
އަލީމް އިތުރަށް ވިދާޅުބވެފައިވަނީ އެމްއާރްއެމްއާއި އިބޫގެ ޓީމާއި ދެމެދު އިތުރަށް މަޝްވަރާ ކުރުމަށް އެއްބަސްވެވުނު ކަމަށެވެ.
ރައީސް ސޯލިހް މިއަދު އެމްއާރްއެމްއާއި ބައްދަލުކޮށްފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމަލުކުރާނެގޮތެއް އެމްއާރްއެމްއިން އަދި ނިންމާފައެއް ނުވެއެވެ.
މިހާރު ދެމި އޮތް ކޯލީޝަންގައި އެމްއާރްއެމް އަދި ޖޭޕީވެސް ހިމެނޭއިރު ޖޭޕީން މިހާރު ވަނީ މި ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލީޝަން ހަދަން ނިންމާފައިވަނީ އަދާލަތާއި އެމްޑީއޭއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް