ރައީސް ސޯލިހާއި ކުރީގެ ރައީސް މައުމޫން ބައްދަލު ކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބައްދަލުވުމެއް ކުރިޔަށް އެބަދެ އެވެ. މި ބައްދަލުވުން ކުރިޔަށް ދަނީ ރައީސް އޮފީހުގައި އެވެ. ބައްދަލުވުން ފެށުނީ11:00 ގައ...

19 Mar 2023 | 06:03

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބައްދަލުވުމެއް ކުރިޔަށް އެބަދެ އެވެ.

މި ބައްދަލުވުން ކުރިޔަށް ދަނީ ރައީސް އޮފީހުގައި އެވެ. ބައްދަލުވުން ފެށުނީ11:00 ގައި އެވެ.

މި ބައްދަލުވުންް ކުރިޔަށްދާކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ދުވަސް"އަށް ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ. މި ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތު އޭނާ ނުދެއްވަ އެވެ.

ރައީސް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމަށް ރައީސް މައުމޫން މުސްތަޝާރުކަން ކުރައްވާ އެމްއާރުއެމްއަށް ދައުވަތު ދެއްވާފައި އެވެ. އެކަމަކު މިހާތަނަށް އެ ޕާޓީން ޖަވާބެއް ނުދެ އެވެ.

އެ ދައުވަތު ގަބޫލު ކުރައްވައި އެމްޑީޕީއާ ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައި ވަނީ އަދާލަތު ޕާޓީ އެކަންޏެވެ. މީގެ އިތުރުން އެމްޑީއޭ އިން ވެސް ވަނީ އެމްޑީޕީ އާ ކޯލިޝަނެއް ހަދަން ނިންމައިފަ އެވެ.

މިހާރު ކޯލިޝަން ޕާޓްނަރު ޖޭޕީން ނިންމީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް