ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ އެވެ.
ގެއްލިގެންހޯދީ އުމުރުން 13 އަހަރުގެ ޒޯޔާ ކިޔާ ކުއްޖެކެވެ އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ ރޭ 01:33 ގައިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ކުއްޖާ ފެނުނީ ހުޅުމާލެ އިން ކަމަށެވެ. ކުއްޖާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.
ފުލުހުން ދަނީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ކުއްޖާ ގެއްލުނީ އިއްޔެރޭ 9:00 ހާއިރު ފިހާރައަކަށް ދިޔަ ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް