އެމްބިއުލާންސް ބޭނުންވާ ރަށްތަކަށް ފޮނުވަން ހާއްސަކޮށްގެން މިއަދު އިތުރު އެމްބިއުލާންސްތަކެއް ރާއްޖެ ގެނެސްފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ ހެލްތު މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަތަރު ވަނަ ބެޗުގެ އެމްބިއުލާންތައް ރާއްޖެ ގެނެސްފައިވާ ކަމަށެވެ. މިއަދު ރާއްޖެ ގެނެސްފައިވަނީީ 21 އެމްބިއުލާންސެވެ.
އެސްޓީއޯ އިން ބުނީ އެމްބިއުލާންސްތައް ލިބިފައިވާތީ އެ ތަކެތި ފޮނުވަން ޖެހޭ ރަށްތަކަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.
ސަރުކާރުން އެސްޓީއޯ އާއި ހަވާލު ކުރީ އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށެވެ.
އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވަނީ މިިދިޔަ އަހަރުގެ ޖުލައި މަހުއެވެ.
އެސްޓީއޯ އިން މިހާރު ވަނީ މިއެއްބަސްވުމުގެ ދަށުން 41 އެމްބިއުލާންސް ރަށްތަކާ ހަވާލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް