ދަތި ހާލުގައި އުޅޭ އާއިލާތަކަށް ބީއެމްއެލް މުވައްޒަފުން އެހީވެއްޖެ

ކުރިއަށް އޮތް ރަމަޟާން މަހުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މޮމްސް އިން ހިންގާ ' ހެލްޕް އަ ފެމިލީ" ޕްރޮގްރާމް އަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އަސާސީ ކާބޯތަކެތީ...

19 Mar 2022 | 13:33

ކުރިއަށް އޮތް ރަމަޟާން މަހުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މޮމްސް އިން ހިންގާ ' ހެލްޕް އަ ފެމިލީ" ޕްރޮގްރާމް އަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އަސާސީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބީއެމްއެލްއިން ބުނީ މި އެހީތެރިކަމާއެކު މޮމްސްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ  އަސާސީ ބޭނުންތައް ފުއްދުމަށް ދަތި 100 އާއިލާއަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލްވުމަށް އެހީތެރިވެވިގެންދާނެ ކަމަށެވެ.

ދިރިއުޅުމުގައި އެކި ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށް އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ވަރަށް ދީލަތި އެޙިއެއް ލިބިފައިވާ ކަމަށް ބުނެ އެވެ.

ބބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން ދިން ދީލަތި އެހީ އާއި ގުޅިގެން މަމްސް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި މި އެހީއާއެކު އާއިލާތަކާއި މުޖުތަމައަށް ހެޔޮ ބަދަލު ގެނައުމަށް އެ ޖަމާއަތުން ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ބުނެފައިވެ އެވެ.

ބީއެމްއެލް އިން 2021 ވަނަ އަހަރު އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް ރަމަޟާން މަހު އެހީތެރިވުމަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ވަނީ 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

އަދި 2020 ވަނަ އަހަރުވެސް ބޭންކުން ވަނީ ކޯވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 500 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް